ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް (ސިއްޕެ) މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދުވަހަށް އެކަން ކަށަވަރުކޮށްދެއްވިއެވެ.
ޝިފާޒް މަގާމުން ވަކިކޮށްފައިވަނީވަޒީފާއަށ ހާޒިރު ނުވާ ކަމުގެ އަޑުފެތުރިފައި ވަނިކޮށެވެ. އޭނާ ވަޒީފާއަށް ނުނިކުންނަވަން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންްތިހާބަށް ފަހު އެވެ.
އެ އިންތިހާބުގައި ޝިފާޒް ތާއިދު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި ފާޅުގައި ރައީސް އިބރާހިމްް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.
އެ އިންތިހާބުގައި ނަޝީދަށް ތާއީދު ކުރެއްވި އެސްޓީއޯގެ މެނޭޖިންް ޑިރެކްޓަރު ހުސައިން އަމްރުވެސް ވަނީ ވަޒީފާއިންް ވަކިކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް