ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރް ޓީމުން ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ތަރައްޤީކުރި ޕާކު ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ ސީއެސްއާރު ޓީމުން ރޭ ބޭއްވި ޕާކު ހުޅުވުމުގެ ރަސްމިއްޔާތާ އެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއްވެސް ބާއްވާފައި ކަމަށެވެ.
މި ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވާ ދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ޤާއިމް ކޮށްދިނުމުގެ ގޮތުން އެޗްޑީސީން މި ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައި ކަމަށެވެ.
ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާ ކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއަށްޓެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް މި ޕާކުގައި ތަރައްޤީ ކޮށްފައިވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް