ޕްރިންސް ހެެރީ ކުއްލިއަކަށް އިނގިރޭސިވިލާތަށް ދިއުމުން ޑީޕޯޓު ކޮށްލީކަމަށް ހީކޮށްފި!

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ކުއްލިއަކަށް އެ ގައުމަށް ދިއުމުން އޭނާ އެމެރިކާއިން ޑީޕޯޓުކޮށްލީކަމަށް އެންމެންނަށް ހީވެއްޖެ އެވެ. ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ ޒިންމާތައް ދޫކޮށ...

29 Mar 2023 | 06:06

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ކުއްލިއަކަށް އެ ގައުމަށް ދިއުމުން އޭނާ އެމެރިކާއިން ޑީޕޯޓުކޮށްލީކަމަށް އެންމެންނަށް ހީވެއްޖެ އެވެ.

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ ޒިންމާތައް ދޫކޮށްލައި އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ. މޭގަން އަކީ އެމެރިކާ މީހަކަށް ވާއިރު މިހާރު ކޮންމެހެން ދާން ޖެހޭ ކަމަކު ނޫނީ ހެރީ އިނގިރޭސިވިލާތަށް ވަޑައިނުގެންނަވައެވެ.

ދާދި ފަހުން އެމެރިކާ އިމިގްރޭޝަނާއި މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް ޕްރިންސް ހެރީ ވިދާޅުވެފައިވާ ކަމަށްވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެފަދަ ވާހަކައެއް ދައްކަވާފައި ވަނިކޮށް، ދުރާލާ މީޑިއާއަށް އެނގުމެއް ނެތި ޕްރިންސް ހެރީ ގައުމަށް ވަޑައިގަތުމުން އެންމެން ހީކުރީ އެމެރިކާއިން ޑީޕޯޓުކޮށްލީ ކަމަށެވެ.

މިވާހަކަ އެމެރިކާ މީޑިއާގައިވެސް ރިޕޯޓުކޮށްފައިވެ އެވެ. އެހެންވެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ހެރީ އާއި އިމިގްރޭޝަނާއި ޖެހުނު މައްސަލައެއް ހާމަކުރުމަށް ގޮވާލާފައި އެވެ.

އޭގެ ފަހުން ރިޕޯޓުތައް ބުނިގޮތުގައި ޕްރިންސް ހެރީ އިނގިރޭސިވިލާތަށް ވަޑައިގަތީ ހައި ކޯޓުގައި ކުރިޔަށްދާ މައްސަލައެއްގެ އަޑުއެހުމަށެވެ. އެއީ އޭނާ އާއި މޭގަން އާއި ގުޅޭގޮތުން ދޮގު ހަބަރު ފެތުރިކަމަށްބުނެ އެސޯސިއޭޓެޑް ނިއުސްޕޭޕާސް ލިމިޓެޑާއި ދެކޮޅަށް ކޮށްފައިވާ ދައުވާ އެކެވެ.

ހެރީ އުފުލި ދައުވާގައި ބުނެފައިވަނީ އެ ނިއުސް އެޖެންސީން ވަނީ އެ އާއިލާގެ ގެއާއި، ކާރު، އަދި އެނޫންވެސް އަމިއްލަ ތަންތަނުގައި ސިއްރުން އަޑުއަހާ ޑިވައިސްތައް ހަރުކޮށްގެން ވާހަކަތައް އަޑުއަހައި، އެމީހުންގެ ޕްރައިވަސީއަށް އަރައިގެންފަވާ ކަމަށެވެ. އަދިި އެ އެޖެންސީއަށް ކޮރަޕްޓު ފުލުހުން އެހީތެރިވެދިންކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޕްރިންސް ހެރީ އާއި މޭގަންގެ ބޭންކް އެކައުންޓުތަކުގައި ފައިސާ ހުރި އަދަދާއި ސިއްހީ ހާލަތު އަންގައިދޭ ރިޕޯޓުތައް ރިޝަވްތު ދީގެން ހޯދި ކަމަށްވެސް ދައުވާގައި ތުހުމަތުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް