ގެއްލިގެން ހޯދަމުން އަންނަ ކުރީގެ ޓީވީ ޕްރެޒެންޓަރ އިސްމާއިލް އާޒިމް ނުގެއްލޭ ކަމަށް އޭނާ ބުނެފިއެވެ.
އާޒިމް މިހެން ބުނެފައިވަނީ އޭނާގެ ފޭސްބުކްގައި ރޭ 12:00 ހާއިރުކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އާޒިމް ބުނެފައިވަނީ އޭނާ ނުގެއްލޭ ކަމަށާއި ލޯތަކަށް ނުފެންނަނީ ކަމަށެވެ. ތަފްސީލެއް ބުނެފައެއް ނުވެއެވެ.
އާޒިމްގެ ފޭސްބުކް އެކައުންޓް އެކްޓިވް ނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓް މިވަގުތު ވަނީ ޑީ-އެކްޓިވޭޓްކޮށްލާފައެވެ.
އާޒިމް ގެއްލިގެން އާއިލާގެ ފަރާތުން ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށް މީޑިއާގައި ރޭގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ފުލުހުން އަދި މިކަމުގައި މީޑިއާއަށް ކޮމެންޓެއް ހިއްސާކޮށްފައެއް ނުވެއެވެ.
ކޮވިޑުގެ ޕްރެސް ކޮންފަރެންސްތަކުން ޕީއެސްއެމްގެ ނިއުސް ރިޕޯޓަރެއްގެ ގޮތުގައި އާންމުންގެ މަގްބޫލުކަން ހޯދި އާޒިމް މީޑިއާ ދާއިރާގައި ޕީއެސްއެމް، ރާއްޖެ ޓީވީ އަދި ދިވެހި ޗެނަލްގައި މަސައްކަތްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް