ރަޝިއާއިން ޔޫކްރެއިނަށް އަރައި ހިންގަމުންދާ ހަނގުރާމަ އާއި ގުޅިގެން ރެފިއުޖީންގެ ގޮތުގައި އެ ގައުމުން ދެ މިލިއަނަށް ވުރެ ޖަނަވާރު ބޭރުވެއްޖެ އެވެ.
ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ގައުމުން ބޭރުވުމުގެ މަސައްކަތް ކުރަނީ އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނެވެ. އެމީހުންގެ ތެރެއިން ސިފައިންނާއި ފުލުހުންގެ އިތުރުން ގިނަ މީހުންގެ ފިރިންނާއި ފިރިހެން ދަރިން ގައުމުގައި މަޑުކޮށްފައިވަނީ ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ.
އދ. ގެ ނޭޝަންސް ހައިކޮމީޝަނާ ފޯ ރެފިއުޖީން ބުނީ ގައުމުދޫކޮށް އެހެން ގައުމުތަކަށް އެތެރެވަމުންދާ ރެފިއުޖީން ދަނީ ގެންގުޅޭ އަންނައުނުކޮޅު ނޫނީ އެމީހުންގެ ހުރިހާ އެއްޗެސް ދޫކޮށްލާފަ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބަޔަކު ގެންގުޅޭ އެއްޗެހި ދޫކޮށްލިޔަސް ލޯބިވާ ޖަނަވާރު ނުވަތަ ޕެޓްތައް ގެންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް އަވައްޓެރި ގައުމުތަކަށް ޔޫކްރެއިންގެ 10 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި އެތެރެވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މިލިއަނަށްވުރެ ގިނަ މީހުން އެތެރެވީ އެމީހުން ގެންގުޅޭ ޕެޓް ހިފައިގެން ކަމަށެވެ.
އެގޮތަށް ގެންދިޔަ ޖަނަވާރުގެ ތެރޭގައި އެންމެ ގިނައީ ބުޅާ، ކުއްތާ، ގުރާ އަދި ވެލާ އެވެ. މިފަދަ އެތައް ހާސް ޖަނަވާރުތަކަށް ހަނގުރާމައިގެ ތެރެއިން މީހުންނާއި އެކު ސަލާމަތްވުމުގެ ތެރޭގައި އަނިޔާލިބިފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެފަދަ ޖަނަވާރުތައް ހޯދައި ޖަވާނުންނަށް ފަރުވާދޭ ޖަމިއްޔާތަކުން ދަނީ ފަރުވާދެމުންނެވެ.
ޔޫކްރެއިން ރައްޔިތުން އެންމެ ގިނައިން އެތެރެވަމުން ދަނީ ޕޮލޭންޑާއި ހަންގޭރީ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް