ރޯދައަށް ގެންނަ މުދާ އަވަހަށް ކްލިއާ ކުރަން އެމްޕީއެލްގެ އޮޕަރޭޝަނަށް ބަދަލު ގެނެސްފި

ކުރިޔަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ރާއްޖެއަށް އެތެރެ ކުރާ މުދާ ކްލިއާ ކުރުން އަވަސް ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޕަރޭޝަންސްތަކަށް ބަދަލު ގެނެސްފި އެވެ. އެމްޕީއެލްއިން މިއަދު...

29 Mar 2022 | 11:08

ކުރިޔަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ރާއްޖެއަށް އެތެރެ ކުރާ މުދާ ކްލިއާ ކުރުން އަވަސް ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޕަރޭޝަންސްތަކަށް ބަދަލު ގެނެސްފި އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރޯދަމަހާއި ދިމާކޮށް މުދާ ކްލިއާ ކުރުމުގައި އެންމެ އިސްކަން ދެނީ އަވަހަށް ހަލާކުވާ ޒާތުގެސާމާނަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ރޯދަމަހާ ދިމާކޮށް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ކާބޯތަކެއްޗާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝެބުލް ތަކެތި އެތުރު ކުރުން އިތުރުވެފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ހިދުމަތް އަވަސް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް ހަދާފައިވާ ކަމަަށެވެ. އެ ޓާސްކް ފޯހުން ޕެރިޝަބަލްސްގެ ކާގޯ އޮޕަރޭޝަނާއި ކްލިއަރިން ޕްރޮސެސް ކުރިއަށްދާ ގޮތް މޮނީޓާކޮށް، އެއްވެސް ކަހަލަ ދަތިކަމެއް ދިމާވާނަމަ ވަގުތުން ވަގުތަށް އެކަމެއް ހައްލުކޮށްދީ، ޕްރޮސެސް އަވަސްކޮށްދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް