ސީޝޭލްސްގެ ކުރީގެ ރައީސް ޑެނީ ފަރުރޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނާއި އަދި އަނބިކަނބަލުން ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ ކޯވިޑް-19ގެ ޙާލަތާ ކޮވިޑް ވެކްސިންގެ ކަންކަން ކުރިޔަށްދާގޮތާއި އިޤްތިޞާދީ ހަރާކާތްތަކާއި ފަރުވެރިކަމާއި ދެ ޤައުމުގެ ތާރީޚްފަދަ ދެ ފަރާތުން އިސްކަންދޭ އެކި މައުޟޫއުތަކުގައި ޚިޔާލުބަދަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ފައުންޑޭޝަންގެ ތަފްޞީލުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤްބަލުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް