ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަށް ބައެއް މަގުތައް ބަންދު ކުރަނީ

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ އާ ގުޅިގެން މިއަދު 17:00 އިން ފެށިގެން، އާއްމު ޓްރެފިކަށް މާލޭގެ މަގުތަކއް ބަންދުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އެގޮތުނ...

29 Mar 2022 | 08:34

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ އާ ގުޅިގެން މިއަދު 17:00 އިން ފެށިގެން، އާއްމު ޓްރެފިކަށް މާލޭގެ މަގުތަކއް ބަންދުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އެގޮތުން ބަންދު ކުރަން ނިންމާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން ފެށިގެން އެމްއެމްއޭ ކުރި މައްޗަށެވެ. އަދި ބޮޑުތަކުރުފާނުން ޗާންދަނީ މަގަށް އަޅާ ހިސާބުން ފެށިގެން އިބްރާހިމް ހަސަން ދީދީ މަގާ ހަމަ އަށް އަދި ޗާންދަނީ މަގުގެ ހަމަ އެ ހިސާބުން ޕެންޝަން އޮފީސް ކަންމައްޗަށް ބަންދުވާނެ އެވެ. އަމީރު އަހުމަދު މަގު  ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމާ ހަމައަށް އަދި އިބްރާހީމީ މަގު އެއްކޮށް ވަނީ ބަންދު ކުރަން ނިންމާފައެވެ.

އަދި އެ ހިސާބުގެ ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ މިއަދުގެ 14:00 ގެ ކުރިން، އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަންގަވައި، ޒޯންތައް ހުސްކޮށްދެއްވުމަށް ފުލުހުންގެ ހިދުމަތުން އަންގައެވެ.

އެ ގޮތުން ހުސްކުރަން އަންގާފައިވާ ޕާކިން ޒޯންތަކަކީ ކަރެކްޝަނަލް ސާވިސް ދޮރުމަތީ އަމީރު އަހުމަދު މަގުގެ ޕާކިން ޒޯން، ޖުމްހޫރީ ހިނގުމުގެ ޕާކިން ޒޯން، ބޮޑު ތަކުރުފާނު މަގު ތިން ނަންބަރު ޖެޓީ ހިމެނޭ ޕާކިން ޒޯން، އަމީރު އަހުމަދު މަގުން އިސްލާމި މަރުކަޒު ހިމެނޭ ޕާކިން ޒޯނުގެ އިތުރުން ބޮޑުތަކުރުފާނާ ޗާންދަނީ މަގުގެ ކަންމައްޗަށްވާ ޕާކިން ޒޯންނެވެ.

މީގެ އިތުރުން، އެއްނަންބަރު ޖެޓީން ފެށިގެން ފަސް ނަންބަރު ޖެޓީއާ ހަމައަށް ފަޅުތެރޭގެ ސަރަހައްދުވެސް ބަންދުކޮށް އުޅަނދުތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ މިއަދުގެ 14:00 ގެ ކުރިން، އެ ސަރަހައްދުގައި ހުރި ހުރިހާ އާއްމު އުޅަނދުތައް ހުސްކޮށްދެއްވުންވެސް އެ އިދާރާއިން އަންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް