އިންޑިއާ އެހީގައި ހިތަދޫ ސްކޫލަށް 25 ކޮމްޕިއުޓަރު ހަދިޔާކޮށްފި

އިންޑިއާ ހައި ކޮމިޝަން މެދުވެރިކޮށް އެފްކޮން ކުންފުނިން  ސ. ހިތަދޫ ސްކޫލަށް 25 ކޮމްޕިއުޓަރު ހަދިޔާކޮށްފި އެވެ. އެ ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާކޮށްދެއް...

29 Mar 2022 | 06:50

އިންޑިއާ ހައި ކޮމިޝަން މެދުވެރިކޮށް އެފްކޮން ކުންފުނިން  ސ. ހިތަދޫ ސްކޫލަށް 25 ކޮމްޕިއުޓަރު ހަދިޔާކޮށްފި އެވެ.

އެ ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުންނެވެ.

ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވީ، އިންޑިއާގެ ސަފީރު މުނު މަހަވަރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އައްޑު އަށް ކުރެއްވި ދަތުރުގައި އޭނާއާ ބައްދަލުކުރައްވައި ކޮމްޕިއުޓަރު ލެބޯޓްރީގެ ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ. އޭގެ ތިން މަސްފަހުން މިވަނީ ކޮމްޕިއިޓަރު ތައް ހަދިޔާކޮށްފައެވެ.

ޑރ. އާސިޔަތު ވިދާޅުވީ މި ކޮމްޕިއުޓަރުތަކުގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެފްކޮން ކުންފުންޏަކީ އައްޑޫގެ މަގުހަދަން ހަވާލު ކުރެވިފައިވާ އިންޑިއާގެ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް