ނ. މާފަރު މަގުތަކުން ބިޓުމަން ސާފުކުރުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދިވަޑައިގަތުމަކަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މއިީ އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.
ނ. މާފަރު ކައުންސިލުން މި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަރިހު އެދިވަޑައިގަތީ އެމަނިކުފާނު ޖެނުއަރީ 2022 ގައި ނޫނު އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެވެ.
އެ ބިޓުމަން ތަކަކީ މާފަރު އިންޓާނޭޝަނަލް އެެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމުމަށްފަހު ބާކީވެފައި ހުރި ތާރުތަކެވެ.
މާފަރު އެެއާޕޯޓުގެ ރަންވޭ މަސައްކަތްކުރި ޓަފް އޮފްޝޯ ކުންފުނިން އެ ތާރުތައް ހަދިޔާ ކުރީ މާފަރު ކައުންސިލާއެވެ. މި ރަށު ކައުންސިލުން 1026 ތާރު ފީފާއާ ހަވާލުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް