އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް މިދިޔަ20 އަހަރު ތެރޭގައި150 އަންހެނުންނަށް ލަނޑު ދީފައިވާނެ ކަމަށް އޭނާ ބުނެފި އެވެ.
މީކާ ސިންގް މި ވާހަކަ ދެއްކީ ސްޓާ ބާރަތުން މިހާރު ފަށަން ތައްޔާރުވަމުންދާ ރިއަލިޓީ ޝޯ "ސްވަޔަމްވަރް" އާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އެ ޝޯއަކީ މީކާގެ ހަޔާތުގެ ބައިވެރިއަކު ހޯދުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޝޯ އެކެވެ.
މީކާ ބުނީ150 އަންހެނުންދެކެ ލޯބިވާ ކަމަށް ބުނެ ރައްޓެވިގެން އުޅުނު ކަމަށެވެ. އެކަމަކު އެ އެންމެންނާއި ރުޅިވެ ލަނޑު ދިނީ ކައިވެންޏާއި ހިސާބަށް ގެންދަން އުޅުމުން ކަމަށް ބުނެފައިވެ އެވެ.
އޭނާ ބުނީ އެހާ ގިނަ މީހުންނާއި ލޯބިގެ ގޮތުން ގުޅުނު ނަމަވެސް މިދިޔަ20 އަހަރު ތެރޭގައި އޭގެން އެއްވެސް އަންހެނަކު ބޭބެ ދަލަރް މެހްންދީއަށް ތައާރަފުކޮށްދީފައި ނުވާނެ ކަަމށެވެ. އެއީ އެމީހުންނާއި ގުޅިގެން އުޅުނީ ސީރިއަސްކޮށް ކަމަށް ނުވާތީ ކަމަށް އޭނާ ބުންޏެވެ.
މީކާ ޝޯ އާއި ގުޅޭގޮތުން ބުނެފައިވަނީ ބޮލީވުޑްގައި އެފަދަ ރިއަލިޓީ ޝޯތަކުގައި ބައިވެރިވާން ބޭނުންވާ ގިނަ ތަރިންތަކެއް ތިބޭނެ ކަމަށެވެ. އަދި އޭނާއަށް އެ ޝޯ ލިބުމުން ވަރަށް އުފާވިކަމަށް ބުނެފައިވެ އެވެ.
އަދި މިހާރު އިންތިޒާރު ކުރަމުން ދަނީ އޭނާގެ ހަޔާތުގެ ބައިވެރިއަަކަށް ހޮވޭނެ މީހަކު ކަނޑައަޅާނެ ވަގުތަކަށް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް