ފުލުހުންގެ ކްލިނިކް ނޫސަންދައިގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބޯޓްރީއެއް ހުޅުވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޭސްފަރުވާގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ޕޮލިސް މެޑިކަލްސްގެ ދަށުން ހިންގާ ނޫސަންދަ ކްލިނިކްގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބޯޓްރީއެއް މ...

29 Mar 2017 | 17:12

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޭސްފަރުވާގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ޕޮލިސް މެޑިކަލްސްގެ ދަށުން ހިންގާ ނޫސަންދަ ކްލިނިކްގައި ކާޑިއެކް ޑައިގްނޯސްޓިކް ލެބޯޓްރީއެއް މިއަދު ހުޅުވައިފިއެވެ.

އިސްކަންދަރު ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި މި ލެބޯޓްރީ ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އަދި މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް އަޒްލީން އަޙުމަދާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ފުލުހުން ބުނެއެވެ.

މިއަދުން ފެށިގެން ހިތުގެ ބަލިތަކާއި ގުޅުންހުރި ނޮންއިންވޭސިވް އެންމެހައި ޓެސްޓްތައް ނޫސަންދައިން ހެދޭނެކަމާއި އަދި ހަމަމިއާއެކު ތްރީޑީ އަދި ފޯޑީ އަލްޓްރާ ސައުންޑް ސްކޭނިންގެ ޚިދުމަތްވެސް ނޫސަންދައިން މިއަދުން ފެށިގެން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ޕުލުހުން ބުނީ ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނޫސަންދަ ކްލިނިކުން ފޯރުކޮށްދެމުންދާ ޚިދުމަތް ތަރައްޤީކޮށްފައިވާއިރު މިކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ އިތުރުން ޢާންމު މީހުންނަށްވެސް ޚިދުމަތް ލިބިގަނެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް