ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ބާތިލު ކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިތިބި ދެ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ބާތިލު ކޮށްފި އެވެ. ކެނޑިޑެސީ ބާތިލު ކޮށްފައިވަނީ ނ ލަންދޫ، ރިލެކްސް، ފަރީދާ އުމ...

29 Mar 2017 | 16:42

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިތިބި ދެ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ބާތިލު ކޮށްފި އެވެ.

ކެނޑިޑެސީ ބާތިލު ކޮށްފައިވަނީ ނ ލަންދޫ، ރިލެކްސް، ފަރީދާ އުމަރު އަދި ގއ ވިލިނގިލި، ކޯޒީވިލާ، އިމްރާން އަންވަރުގެ އެވެ. މި ދެ ކެނޑިޑޭޓުންގެ ކެނޑިޑެސީ ބާތިލުކޮށްފައިވަނީ އެހެން ޕާޓީއެއްގެ ޕްރައިމަރީގައި ބައިވެރިވެފައިވުމުންކަމުގައި އިލެކްޝަންސް އިން ބުނެފައި ވެ އެވެ.

އިލެކްޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 3 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށްޓަކައި، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރުމަށްފަހު، އެހެން ޙައިސިއްޔަތަކުން ކުރިމަތިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-E/05 އަދި 2017/SC-E/04 ޤަޟިއްޔާއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ދެ ކެނޑިޑޭޓުންގެ ކެންޑިޑަންސީ ބާޠިލް ކޮށްފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދެ ކެނޑިޑޭޓުންގެ ތެރެއިން އެއް ކެނޑިޑޭޓަކީ ކުރިން އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެފައިވާ ކެނޑިޑޭޓެއް ކަމަށާއި އަނެއް ކެނޑިޑޭޓަކީ އެމްޑީއޭގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓެއްް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް