މަޝްހޫރު ދިވެހި މޮޑެލް ރައުދާ އާތިފް މަރުވެއްޖެ

ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފް ބަންގްލަދޭޝްގައި މަރުވެއްޖެ އެވެ. އުމުރުން 20 އަހަރުގެ ރައުދާއަކީ ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެ...

29 Mar 2017 | 11:56

ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފް ބަންގްލަދޭޝްގައި މަރުވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ރައުދާއަކީ ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ރައުދާ މަރުވިކަން އާއިލާއިން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ.

ރައުދާ މަރުވިކަން ހާމަކޮށް އެ ކޮލެޖުގެ ދަރިވަރަކު ފުލުހުންނާއި ހަވާލާދީ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. އޭއެފްޕީގައި އެ ހަބަރު ރިޕޯޓުކޮށްފައިވާ ގޮތުގައި ރައުދާ ބަންގްލަދޭޝްގައި އުޅެނީ އެކަނި ކޮޓަރިއެއްގައި އެވެ. އަދި މަރުވެފަވަނީ ދަންޖެހިގެން ނެވެ.

ރައުދާ މަޝްހޫރުވެފައިވަނީ މޮޑެލް ކުރާ ކުއްޖެއްގެ ގޮތުގައި އެވެ. އޭނާ އެންމެ މަޝްހޫރުވީ "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަމުގައި އެވެ.

ފަހުން މަޝްހޫރު ފެޝަން މެގަޒިން "ވޯގު އިންޑިއާ"ގެ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އަދަދުގައި ރައުދާ ފީޗަރ ކޮށްފައިވެސްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް