އަދާލަތް ޕާޓީ ގެ ޖޫރިމަނާގެ މައްސަލަ މިއަދު ކޯޓުން ބޭރުކޮއްލިތާ މާގިނަ އިރެއްވަނީސް، ދެވަނަ ފަހަރަށް އެޕާޓީން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
އިލެކްޝަންކޮމިޝަނުން އަދާލަތް ޕާޓީ 69،000ރ. އިންޖޫރިމަނާ ކޮށްފައިވަނީ މެއި، 2015 ގައި އަދާލަތު އިސްކޮށް އޮވެ، ބޭއްވި ބޮޑު މުޒާހަރާގައި ޤާނޫނާ ޚިލާފަށް ޢަމަލުތައް ބެހެއްޓި ކަމަށް ބުނެ އެވެ.
މި މައްސަލަ ކޯޓުން ބޭރުކޮށްލީ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވާ ދުވަހަށް، ޗިޓާއި ހަވާލުވުމަށްފަހު އެ ޕާޓީން އެ، އަޑުއެހުމަށް ހާޒިރު ނުވުމުން، މަދަނީ މައްސަލަ ތަކުގައި ޢަމަލުކުރާ އުސޫލުގެ ދަށުންނެވެ
މި މައްސަލައިގެ އިތުރުން އިލެކްޝަން ކޮމިޝަނުންވަނީ އަދާލަތް ފާޓީގެ މައްޗަށް އިތުރު މައްސަލައެއްގައި ޖޫރިމަނާކޮށްފައެވެ. މި މައްސަލަވެސް އަދާލަތް އިންވަނީ ކޯޓަށް ހުށައަޅާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް