އެންމެ ރަގަޅަށް ލިޔެކިޔުންތައް ބެލެހެއްޓި އެވޯޑް ފުލުހުންނަށް!

އެންމެ ރަގަޅަށް ލިޔެކިޔުންތައް އަރުޝީފުކޮށް ބެލެހެއްޓި މުއައްސަސާއަށް ދޭ "ފުރޭފު އެވޯޑު" ފުލުހުންނަށް ލިބިއްޖެ އެވެ. މި އެވޯޑް ފުލުހުންނަށް ލިބިފައިވަނީ ފުލުހުންގެ ތާރީހީ މައުލޫމާތުތަކާއި ފޮޓޯތައް ފުލ...

29 Mar 2017 | 09:42

އެންމެ ރަގަޅަށް ލިޔެކިޔުންތައް އަރުޝީފުކޮށް ބެލެހެއްޓި މުއައްސަސާއަށް ދޭ "ފުރޭފު އެވޯޑު" ފުލުހުންނަށް ލިބިއްޖެ އެވެ.

މި އެވޯޑް ފުލުހުންނަށް ލިބިފައިވަނީ ފުލުހުންގެ ތާރީހީ މައުލޫމާތުތަކާއި ފޮޓޯތައް ފުލުހުންގެ ވިއުގަ މެދުވެރިކޮށް ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ ފުލުހުންގެ އަރުޝީފު އިފްތިތާހު ކުރުމަށް މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް ވެރިން ބައިވެރިވެފައިވާއިރު ރަސްމިއްޔާތު ޝަރަފުވެރި ކުރައްވައި ފުލުހުންގެ އަރުޝީފު އިފްތިތާހު ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެވެ.

ފުލުހުންގެ ހުރިހާ ޑިޕާރޓްމަންޓު ތަކާއި އަތޮޅުތަކުގެ ހުރިހާ ސްޓޭޝަންތަކެއްް އެއް ވިއުގަކުން ގުޅާލައި ފުލުހުންގެ ރަސްމީ ރެކޯޑުތައް ބަލަހައްޓަމުން ގެންދަނީ ޕޮލިސް އިންފޮމޭޝަން މެނޭޖްމަންޓުގެ އެހީގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި މިއަދު އިފްތިތާހު ކުރި އަރުޝީފަކީ ފުލުހުންގެ ތާރީހާއި ފޮޓޯތައް ރައްކާކޮށް ބެލެހެއްޓުމަށް އިތުރުކުރެވުނުބައެއްކަމަށާއި މި އަރުޝީފު ބަލަހައްޓަމުން ގެންދާނީ ފުލުހުންގެ ޕަބްލިކް އެފެއާޒްގެ ދަށުން ހިނގަމުން އަންނަ ހެރިޓޭޖް ސެންޓަރުންކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް