ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން ނޭނގޭ ކަމަށެވެ. ހާޒިރުވާން އަންގާފައިވަނީ މިރޭ 8:30 އަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖެއިން ބޭރަށް ފުރުންވެސް އެއް މަސްދުވަހަށް ގާސިމަށް ވަނީ މަނާކޮށްފައި އެވެ.
ގާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲއާ ގުޅިވަޑައިގެން ފުޅާދާއިރާއެއްގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ފަށާފައިވާ ދުވަސްކޮޅެއްގައި އެވެ.
މީގެ އިތުރުން އިއްޔެ ވަނީ އެ ޕަޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް