މަސްތުވާތަކެއްޗާއި އެކު ދިވެއްސަކު އިންޑިއާގައި ހައްޔަރު ކޮށްފި

އިންޑިއާގެ ބެންގަލޫރުގައި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އަހުމަދު އަނިލް ކިޔާ ދިވެއްސެއް ކަމަށް އިން...

29 Mar 2017 | 08:51

އިންޑިއާގެ ބެންގަލޫރުގައި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އަހުމަދު އަނިލް ކިޔާ ދިވެއްސެއް ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އޭނާ އާއި އެކު ދެން އެ މައްސަލައިގަ ހައްޔަރު ކުރީ ނައިޖީރިއާ މީހެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ދެމީހުން ހައްޔަރު ކުރީ ބެންގަލޫރުގެ ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އެވެ. ބެންގަލޫރު ފުލުހުން ވަނީ އެ ދެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުކޮށްފައި އެވެ.

ބެންގަލޫރުގެ ނާރކޮޓިކްސް ކޮންޓްރޯލް ބިއުރޯ އާއި ހަވާލާ ދީ ބުނެފައިވަނީ އަނިލް އަކީ މީގެ ކުރިންވެސް އެއާޕޯޓުގައި މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހޯދަމުންދާ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް