ގެޓްސެޓް ޕްރޮގްރާމްގެ މި އަހަރުގެ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނޮވެމްބަރު 2014 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވި ޒުވާން ވިޔަފާރިވެރިންގެ ލޯނު ޕްރޮގްރާމް ކަމަށްވާ، ގެޓްސެޓް ޕްރޮގްރާމްގެ 2017 ވަނަ އަހަރުގެ ބުރުގައި ބައިވެރިވު...

29 Mar 2017 | 08:18

ނޮވެމްބަރު 2014 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވި ޒުވާން ވިޔަފާރިވެރިންގެ ލޯނު ޕްރޮގްރާމް ކަމަށްވާ، ގެޓްސެޓް ޕްރޮގްރާމްގެ 2017 ވަނަ އަހަރުގެ ބުރުގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އެޕްލިކޭޝަން ފޯރމުތައް 30 މާރޗް 2017 ވަނަދުވަހުން ފެށިގެން ލިބެންހުންނާނެ ކަމަށާއި އަދި ފޯމް ހުށަހެޅުން 16 އޭޕްރިލް 2017 އިން ފެށިގެން 27 އޭޕްރިލް 2017ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00ން މެންދުރު 14:00 އަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

"އެޕްލިކޭޝަން ފޯރމްގެ ސޮފްޓް ކޮޕީ މިމިނިސްޓްރީގެ ވެބްސައިޓް  (www.trade.gov.mv)ގައި ލިބެން ހުންނާނެއެވެ، އެޕްލިކޭޝަންގެ ފޯރމުގެ ހާރޑްކޮޕީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު( ގްރައުންޑް ފްލޯރ އޮފީހުން) އަދި މިނިސްޓްރީގެ ހުރިހާ ބިޒްނަސް ސެންޓަރތަކުން ލިބެން ހުންނާނެއެވެ." މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިމިނިސްޓްރީއިން އެޕްލިކޭޝަން ފޯރމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބަލައިގަންނާނީ ފުރިހަމަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯރމުގެ ހާރޑް ކޮޕީއާއި އީމެއިލްގެ ([email protected]) ޒަރިއްޔާއިން ކަމަށާއި އަދި މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެޕްލިކޭޝަން ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި އެޕްލިކޭޝަން ފޯރމުގައި ބަޔާންކޮށްފައިވާނޭ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަޔަށް ހުށަހަޅުއްވާފައި ނެތްނަމަ އެއެޕްލިކޭޝަން ފޯރމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް