ނަޝީދުގެ މައްޗަށް މަތިމައްޗަށް ދައުވާ ކުރަނީ ރައީސް ޔާމީންގެ ސިޔާސީ ބޭނުން ފުއްދުމަށް: އެމްޑީޕީ

ދިވެހިރާއްޖޭގެ ކުރީގެ ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަަށް ސަރުކާރުން ދެވަނަފަހަރަށް ކުރަށްވާ ޓެރަރިޒަމްގެ ދައުވާ އެމްޑީޕީެިން ކުށްވެރިކޮށްފި އެވެ. އެ ޕާރޓީއިން ބުނާގޮތުގައި ރައީސް ނަޝީދުގެ މައް...

29 Mar 2017 | 07:49

ދިވެހިރާއްޖޭގެ ކުރީގެ ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަަށް ސަރުކާރުން ދެވަނަފަހަރަށް ކުރަށްވާ ޓެރަރިޒަމްގެ ދައުވާ އެމްޑީޕީެިން ކުށްވެރިކޮށްފި އެވެ.

އެ ޕާރޓީއިން ބުނާގޮތުގައި ރައީސް ނަޝީދުގެ މައްޗަށް މަތިމަތިން ޓެރަރިޒަމްގެ ދައުވާ ކުރަމުން ދަނީ ރައީސް ޔާމީން ސިޔާސީ ބޭނުންތައް ފުއްދުމަށްޓަކައެވެ. އެމަނިކުފާނުގެ އިތުބާރު ގެއްލޭތީ ބާރުވެރިކުރުމަށް ކުރަށްވާ ކަމެއް ކަމަށް ވެސް އެމްޑީޕީއިން ދަނީ ބުނަމުންެނެވެ.

ކުރިންވެސް ރައީސް ނަޝީދުގެ މައްޗަށް މި ކަހަލަ ތުހުމަތުކުރުމުގެ ސަބަބުން ބޭރު ފަރާތްތަކުގެ ފާޑު ކިޔުންތައް ރާއްޖެއަަށް ލިބިފައިވާއިރު މި ފަހަރުވެސް ރާއްޖެއަށް ލިބޭނީ މިކަމުގެ ސަބަބުން ހުތުރު ނަމެއްކަމަށް އެމްޑީީޕީއިން ދަނީ ބުނަމުންެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރަށްވާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ސިފައިންގެ ބެލުމުގެ ދަށުގައި އާރަށުގައި ބެހެއްޓުމުގެ ސަބަބުން ކޮށްފައިިވާ ދައުވާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް