ޕަންޖާބުގެ ޝައިޚުޕޫރާ އަވަށް ކައިރިން ތެޔޮ ޓްރަކަކާއި ޕެސެންޖާރ ރޭލެއް ޖެހި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާގައި އެ ރޭލު ދުއްވަން އިން ޑްރައއިވަރާއި އޭނާގެ އެސިސްޓެންޓު މަރުވެފައިވާއިރު 10 އިތުރު މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ކައިރީގައި ތިބި ބައެއް ކާރުތަކަށާއި ރޭލުތަކަށްވެސް މި ހާދިސާގެ އަސަރު ކޮށްފައިވާކަމަށް ރެއިލްވޭތަކުގެ މިނިސްޓަރ ޚަވާޖާ ސާދް ރަފީޤް ވަނީ ހާމަކޮށްފައެވެ.
ސީނިއަރ ގަވަރމަންޓް އޮފިޝަލެއް ހާމަ ކުރާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ އިނޑިޔާގެ ލާހޯރުން އައި ރޭލެއް ޓްރެކުގައި ތާށިވެފައި އޮތް ޓްރަކުގައި ޖެހުމުން ކަމަށް ވެ އެވެ.
މި ހާދިސާގައި ސަލާމަތްވި ބައެއް މީހުން ބުނާގޮތުގައި އެމީހުން އަލިފާން ރޯވުމާއެކު ރޭލުން ބޭރަށް ފުންމަން އެމީހުންނަށް މަޖުބޫރު ކުރި އެވެ.
މި ފަދަ ހާދިސާތައް ޕާކިސްތާނުގައި ވަރަށް ގިނައެވެ. ސަބަބެއްކަމަށް ވަނީ ޑްރައިވަރުން ޓްރެފިކުގެ ގަވާއިދަށް ނުބަލައި ފަރުވާ ކުޑަކުރުމުން ކަމަށް ޕާކިސްތާނުގެ ނޫހެއްގައި ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް