މަހޫލޫފަށް ދެމުންދާ އިނާޔަތްތައް މަސް ދުވަހަށް މެދުކަނޑާލަނީ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ދެމުން ގެންދާ އިނާޔަތްތައް އެއް މަސްދުވަހަށް މެދު ކަނޑާލަން ނިންމައިފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާނ...

29 Mar 2017 | 06:50

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ދެމުން ގެންދާ އިނާޔަތްތައް އެއް މަސްދުވަހަށް މެދު ކަނޑާލަން ނިންމައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ޖަލުތަކުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވުމުން މިއަދުން ފެށިގެން މަސް ދުވަހަށް މަހުލޫފަށް ދެމުންދާ އިނާޔަތްތައް ކަނޑާލާފައިވާ ކަމަށެވެ. އިނާޔަތްތައް ކަނޑާލަން ނިންމީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތަކެއް މަހުލޫފު ދެއްކެވި ކަމަށް ބުނެ އެވެ.

އިނާޔަތްތަކުގެ ގޮތުގައި ކަނޑާލާފައިވަނީ އާއިލީ ބައްދަލުވުންތަކާއި، އެކަހެރި ބައްދަލުވުންތަކުގެ އިތުރުން އާއިލީ ފޯނު ކޯލުތަކެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް މީޑިއާގައި ވިދާޅުވީ އިނާޔަތްތައް ކަނޑާލީ އެންމެ ފަހުން އާއިލާއަށް ގުޅި ދުވަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށް ގޮވާލާފައި ވުމުން ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ބޭނުންވާތީ އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ގޮވާލާފައިވާތީ ކަމަށެވެ.

މަހުލޫފު ގެންދަވަނީ ދެ މައްސަލައެއްގެ ކުށް ސާބިތުވެގެން ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭނާ މިނިވަން ވާނެ ކަމަށް ބެލެވެނީ އަންނަ މެއި މަހުގެ ކުރީ ކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް