އިންފްލުއެންޒާ ވެކްސިން އެތެރެކުރުމުގެ ފުރުސަތު، ބޭސް އިމްޕޯޓްކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ހުޅުވާލައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ މިވަގުތު ރާއްޖޭގައި މެދުވެރިވެފައިވާ ހާއްސަ ހާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ފޮރ ނޭޝަނަލް ޕްރޮގްރާމްސް" ގެ ގޮތުގައި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ގިންތިކުރެވިފައިވާ އިންފްލުއެންޒާ ވެކްސިން (P369) "ކޮންޓްރޯލްޑް ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން" ( ކޮންޓްރޯލްޑް ޕީ އޯ އެމް) އަށް ވާނީ ބަދަލު ކުރެވިފައި ކަމަށެވެ.
"މިބަދަލާއި އެކު ބޭސް އިމްޕޯރޓް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް، މިވެކްސިން އިމްޕޯރޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް މިވެކްސިން އިމްޕޯރޓް ކުރުމުގެ ކުރިން، ޤަވާއިދާއި އެއްގޮތަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ނެންގެވުން އެދެމެވެ." ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ވެކްސިން އުފުލާ ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް (ވެކްސިން ޖެހުމާއި ހަމައަށް) މިންގަނޑުތަކާއި އެއްގޮތަށް ހާއްސަކޮށް ކަނޑައެޅިފައިވާ ފިނިހޫނުމިން ހިފެހެއްޓުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް