އިންޑިޔާގެ ޖެއިޕޫރުގައި ދިރިހުއްޓަ ވަޅުލާފައި އޮތް ކުޑަ އަންހެން ކުއްޖެއް އެ އަވަށުގެ މީހުން ސަލާމަތްކޮށްފި އެވެ.
ވިހޭތާ ހަ ގަޑި އިރު ނުވާ މި އަންހެން ކުއްޖާ ވަޅުލާފައި އޮތީ އެއަވަށާއި ކައިރީ އޮތް ހުސް ބިމެއްގައި ގައި އެވެ. އެ އަވަށުގެ މީހުންނަށް ކުއްޖާ ފެނިފައިވަނީ އެ ސަރަހައްދުން ދަނިކޮށް ކުއްޖާގެ ފައި ފަސްގަނޑުން މައްޗަށް އަރާފައި އޮތުމުން ކޯޗެއްތޯ ބެލުމަށް ކައިރިއަށްގޮސް ބެލުމުންކަމަށް ރިޕޯޓުތައްބުނެ އެވެ.
ކުއްޖާ ނައިގެން އެމީހުން ވަނީ ކައިރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފަށާފައި އެވެ. ޑޮކްޓަރުން ބުނެފައިިވަނީ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ އެ ތުއްތު ކުއްޖާއަށް "ދަރްތީ" ގެ ނަމުން ނަން ދީފައި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ބެލެވޭ ގޮތުގައި އެ ކުއްޖާ ދިރި ހުއްޓަ ވަޅުލާފައިވަނީ އެއީ އަންހެން ކުއްޖަކަށް ވީމައެވެ. ނޫނީ ކައިވެނީގެ ބޭރުން ވިހެއުމުގެ ސަބަބުން އެ ކަންތައް ފޮރުވާލުމަށް ވަޅުލީ ކަމަށް ބެލެވޭ ކަމަށެވެ.
އިންޑިއާ އަކީ ފިރިހެން ކުދިން ބޭނުން ވެގެން ބަނޑުގައި އޮންނަނީ އަންހެން ކުއްޖެއްކަން އެނގުމުން އެބޯޓު ކޮށްލައި ނުވަތަ ވިހެއުމުން އެއްލާލުން އާންމު ގައުމެކެވެ. މިދިޔަ ހަފްތާ ހޯމަ ދުވަހު ވެސް އިންޑިޔާގެ ސަރަހައްދަކުން އެބޯޓުކޮށްފައި އޮތް އަންހެން ކުއްޖެއް ވަނީ ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް