ސްޓްރޯބެރީ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ ބަޔަކަށް އެންމެ މީރު މޭވާ އެވެ.
ދިވެހިންނާ ހިސާބަށް މި މޭވާ އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. ސްޓްރޯބެރީއަކީ ރާއްޖެ ފަދަ ހޫނު ޖަޒީރާ ގައުމުތަކުގައި ހެދޭ މޭވާއެއް ނޫނެވެ.
ސްޓްރޯބެރީ މީރުވެފަ ،އިންނަ ގޮތް ރީތި ވަރާއި އެއްވަރަށް މި މޭވާއަކީ ހަށިގަނޑުގެ މުހިންމު ގުނަވަނަކަށް ގިނަ ފައިދާތަކެއް ކުރުވާ މޭވާ އެކެވެ. މި މޭވާ ގިނައިން ބޭނުން ކުރުމުން ލޮލަށް ވަރަށް ފައިދާ ކުރާކަމަށް ދިރާސާ ތަކުން ދައްކައެވެ.
އެގޮތުން ލޮލުގެ ފެނުން ވަރުގަދަ ކޮށްދީ، ލޮލުގައި އުފެދޭ ޖަރާސީމު ސްޓްރޯބެރީ ގިނައިން ކެއުމުން ނެތިގެންދާ ކަމަށްވެ އެވެ.
ސްޓްރޯބެރީއަކީ އޭގައި ގިނަ އަދަދަކަށް ނިއުޓްރިއަންޓްސް ހިމެނޭ މޭވާއެކެވެ. އަދި ވިޓަމިން ސީ، ފައިބާ، ޕޮޓޭސިއަމް އަދި މެގްްނީސީއަމް ފަދަ ހަށިގަނޑަށް ފައިދާ ހުރި މިނެރަލްސްތައް ސްޓްރޯބެރީ ގައި ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް