ގެއެއްގެ ފާހާނާ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މީހަކު މަރުވެފައި އޮއްވާ ފެނިފައިވަނީ މައްޗަންގޮޅީ މެންސަން ހައުސްގޭގެ ފާހާނާ ތެރެއިންނެވެ.
މައުލޫމާތި ލިބިފައިވާގޮތުގައި ފާހާނާތެރޭގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ. މަރުވި މީހާ މިއަދު މެއަށްތަދުވާތީ އުޅުނުކަމަށް އާއިލާއިން ބުނެ އެވެ.
ފުލުހުންގެ ޓީމެއް އެގެއަށްގޮސް ތަހުގީގު ފަށާފައިވާކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިކަމުގައި ފުލުހުންގެ ރަސްމީބަހެއް އަދި ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް