އެޗްއާރުސީއެމްގެ ރައީސާގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާ މަރިޔަމް އަޒްރާގެ ކާރުގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލައިފި އެވެ. މައުލޫމާތު ލިބިފައިވާގިތުގައި އަޒްރާގެ ކާރަށް ގެއްލުންދީފައިވަނީ އިއ...

29 Mar 2015 | 16:00

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާ މަރިޔަމް އަޒްރާގެ ކާރުގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލައިފި އެވެ.

މައުލޫމާތު ލިބިފައިވާގިތުގައި އަޒްރާގެ ކާރަށް ގެއްލުންދީފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ އެ ކާރު ޕާކުކޮށްފައި އޮއްވަ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އަޒްރާގެ ކާރަށް ގެއްލުންދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ކާރަކީ ދައުލަތުން އެޗްއާރުސީއެމްގެ ރައީސާއަށް ދީފައި އޮންނަ ކާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް