އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެ އެވެ.
އިންޑިއާގެ ޓްރެވަލް މެގަޒިން، އައުޓްލުކް ޓްރެވެލާ އިން ދޭ އެ އެވޯޑު ރާއްޖެއަށް ލިބުނީ އޭޝިއާއާއި މެދުއިރުމަތީގެ ފަސް ގައުމެއް ކަމުގައިވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ޖަޕާނާއި ވިއެޓްނާމާއި ތައިލެންޑާއި އަދި ބޫޓާނާ ވާދަކޮށެވެ.
އެ އެވޯޑު ލިބުމުގައި ރާއްޖޭގެ ރަށްތަކާއި މޫދުގެ ރީތި ކަމަށާއި ހަނީމޫން ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް އޮތުން ފާހަގަކޮށްފައިވެ އެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް މީޑިއާ ހައުސް، އައުޓްލުކް ގްރޫޕުން ނެރޭ އައުޓްލުކް ޓްރެވެލާ އަކީ އިންޑިއާގައި އެންމެ ގިނަ މީހުން ކިޔާ ޓްރެވަލް މެގަޒިނެވެ.
އޭޝިއާ ސަރަހައްދުގެ އެންމެ މަގުބޫލް މަންޒިލަކަށް ރާއްޖެ ހޮވިފައިވާއިރު، މިސަރަހައްދުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް