ރޭގަ ހިންގި ދެ މާރާމާރީއާގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރޭ

މާލޭގައި ރޭ ދެ މާރާމާރީއެއް ހިންގާ އެއް މާރާމާރީގައި މީހަކު ނިޔާވެފައިވާއިރު އެ ދެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަ...

29 Mar 2015 | 05:32

މާލޭގައި ރޭ ދެ މާރާމާރީއެއް ހިންގާ އެއް މާރާމާރީގައި މީހަކު ނިޔާވެފައިވާއިރު އެ ދެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއޯ އޮފިޝަލް ވިދާޅުވީ، އެ މާރާމާރީތަކާ ބެހޭ ތަހުގީގު ފަށާފައިވާކަމަށާއި ހެކި ހޯދުމާއި ކަމާގުޅޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށެވެ.

ރޭ ފުރަތަމަ މާރާ މާރީ ހިންގާފައިވަނީ ޔޫރޯ ސްޓޯރު ކައިރިން 23:45 ހާއިރު އެވެ. އެ މާރާމާރީގައި ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ އެ ސަރަހައްދުގައި ހުރި 24 އަހަރުގެ ޒުވާނަކަށް ދަގަނޑު ހޮޅިބުރިއަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އެ ޒުވާނާއަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ގޭޓު ކުރިމަތިންނެވެ. ތޫނު އެއްޗަކުން ކަރަށާއި އަރިކަށްޓަށް ހަމަލާދިނުމުން ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ މާލޭ ދަފްތަރު އުމުރުން 29 އަހަރުގެ ނޫރު އާދަމް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް