މިރޭ އައިޖީއެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް އެއް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެ އެވެ.
ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ މާލޭ ދަފްތަރު އުމުރުން 29 އަހަރުގެ ނޫރު އާދަމް އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޫރު މަރުވެފައިވާކަން ޑޮކްޓަރުން ކަށަވަރުކޮށްދޭ ކަމަށެވ.
ނޫރަށް ބަޔަކު ހަމަލާދިނީ އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ފަޅީގެ ގޭޓްކައިރީގައި ހުއްޓައެވެ. މަންޒަރު ދުއް ބައެއް މީހުން ބުނާގޮތުން ނޫރަށް ވަޅިން ހަމަލާދިނީ ސައިކަލެއްގައި އައި ދެމީހެކެވެ. ނޫރުގެ ކަރަށާއި އަރިކަށްޓަށް ވަޅި ހަރާފައި ވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް