މީހެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

ވަޅިއަކުން މީހެއްގެ ކަރަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީހެއްގެ ކަރަށް ވަޅި ހަމަލާ ދީފައިވަނީ މިރޭ 1:30 ހާއިރު އައިޖީއެމް ހޮސްޕިޓަލް ކައިރިންނެވެ. ޒަހަމްވި މީހާއަށް ހ...

28 Mar 2015 | 21:45

ވަޅިއަކުން މީހެއްގެ ކަރަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މީހެއްގެ ކަރަށް ވަޅި ހަމަލާ ދީފައިވަނީ މިރޭ 1:30 ހާއިރު އައިޖީއެމް ހޮސްޕިޓަލް ކައިރިންނެވެ. ޒަހަމްވި މީހާއަށް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ޒަހަމްވި މީހާގެ އުމުރަކީ 29 އަހަރު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހަމަލާ ދީފައިވަނީ އައިޖީއެމް އެމެޖެންސީ ގޭޓް ކައިރިން އަންހެން ކުއްޖަކާއެކު ހިނގާފައި ދިޔަ ފިރިހެނަކަށެވެ. ހަމަލާ ދިނީ ސައިކަލުގައި އެ ސަރަހައްދަށްދިޔަ ދެމީހަކު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް