އެގޯޅިން މިގޯޅިން އެގޮތް މިގޮތަށް ހިނގުމަށްފަހު މިރޭގެ މުޒާހަރާ ނިންމާލައިފި

އިދިކޮޅު ސިޔާސީ ޕާޓީތަކުން "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ އެގޯޅިން މިގޯޅިން އެގޮތް މިގޮތަށް ހިނގުމަށްފަހު ސުލްހަވެރ...

28 Mar 2015 | 19:58

އިދިކޮޅު ސިޔާސީ ޕާޓީތަކުން "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ އެގޯޅިން މިގޯޅިން އެގޮތް މިގޮތަށް ހިނގުމަށްފަހު ސުލްހަވެރިކަމާއެކު ނިންމާލައިފި އެވެ.

ގާތްގަނޑަކަށް 10:00 ހާއިރު ރާޅުގަނޑު ސަރަހައްދުން ފެށި މުޒާހަރާގެ ބައިވެރިން ފުރަތަމަ ހިނގާފައިވަނީ މަޖީދީމަގުން ހެންވޭރުން މާފަންނަށެވެ. ހިނގަމުން އައިސް ރައީސް ޔާމީންގެ ގެ ހުންނަ މަގުގައި މަޑު ކުރުމަށްފަހު މުޒާހަރާގެ ބައިވެރިން މާލޭގެ ގިނަ މަގުތަކެއްގައި ބާރު ސްޕީޑްގައި މިރޭ ހިނގާފައި ވެ އެވެ.

މުޒާހަރާގެ ބައިވެރިން ބޭނުންކުރި ސައުންޑް 11 ޖެހި ނިއްވާލި ނަމަވެސް 11ގެ ފަހުން ތާޅަފިލި ބޭނުންކޮށްފައި ވެ އެވެ. ފުލުހުންވަނީ މުޒާހަރާގެ ބައިވެރިން ބޭނުންކުރި ތާޅަފިއްޔަކާއި ތާޅަފިލި ހިފައިގެން ހުރި މީހާ ހައްޔަރުކޮށްފަ އެވެ. ސުލްހަވެރި ކަމާއެކު އެމްޑީޕީ އޮފީސް ކައިރިއަށް މުޒާހަރާ ނިންމާލާފައިވަނީ 12:15 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް