ފާރަގެމައިގެ 16 ކުއްތާ މާލެ ގެނެސް ތަމްރީނުތައް ފަށައިފި

ފާރަގެމައިގައި ހިމެނޭ 16 ކުއްތާ މާލެ ގެނެސް ތަމްރީނުތައް ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފާރަގެމައިގާ ހިމެނޭ 16 ފާރައިގެ ތެރެއިން ފުރަތަމަ ފަސް ކުއްތާ މި މާރޗް މަހުގެ 24 ވަނަ ދުވަހުގެރޭ ރާއްޖެ ...

28 Mar 2015 | 19:39

ފާރަގެމައިގައި ހިމެނޭ 16 ކުއްތާ މާލެ ގެނެސް ތަމްރީނުތައް ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފާރަގެމައިގާ ހިމެނޭ 16 ފާރައިގެ ތެރެއިން ފުރަތަމަ ފަސް ކުއްތާ މި މާރޗް މަހުގެ 24 ވަނަ ދުވަހުގެރޭ ރާއްޖެ ގެނެސްފައިވާއިރު ބާކީ 11 ކުއްތާ ރާއްޖެ ގެނެސްފައި ވަނީ ރޭ ރާއްޖެއައި މެލޭޝިޔަން އެއަރލައިންސްގެ ފްލައިޓުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ރާއްޖެ ގެނެސްފައިވާ 16 ފާރައިގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެން ކުއްތާއާއި 12 ފިރިހެން ކުއްތާ ކަމަށެވެ.

ކުއްތާތަށް ބޭތިއްބުމަށް ވަނީ ޚާއްޞަ ކެނަލް އެއް ތައްޔާރު ކޮށްފައިވާއިރު އަދި މިކަމުގެ ތަމްރީނު ދިވެހި ފުލުހުންނަށް ދިނުމަށް ކަމުގެ ތަޖުރިބާހުރި ދެ ބޭފުޅަކު ރާއްޖެ ވަޑައިގެން ތަމްރީނުތައް ފައްޓާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް