މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 23:45 ހާއިރު ހިންގި މާރާމާރީއެއްގައި ޒަހަމްވެފައިވަނީ 23 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި ޒަހަމްވި މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މާރާމާރީ ހިންގާ ޒުވާނަކު ޒަހަމްކޮށްލާފައިވަނީ ސައިކަލެއްގައި އައި ގްރޫޕަކުން ކަމަށް މައުލޫމާތު ލިބެ އެވެ. މާރާމާރީ ހިންގާފައިވަނީ ޔޫރޯސްޓޯރު ކައިރީގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް