އޭއައި އަށް ގޮސް ހުސްނުވުމަށް އަމްބާނީ ނަސޭހަތްތެރިވެއްޖެ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ގޮސް ހުސްނުވުމަށް އިންޑިއާގެ ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ ނަސޭހަތްތެރިވެއްޖެއެވެ. އަމްބާނީ އެކަމަށް ނަސޭހަތްތެރިވީ އިންޑިއާގެ ޔުނިވާސިޓީއެއްގެ ގްރެޖުއޭޝަން އި...

29 Jan 2025 | 16:35

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ގޮސް ހުސްނުވުމަށް އިންޑިއާގެ ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ ނަސޭހަތްތެރިވެއްޖެއެވެ.

އަމްބާނީ އެކަމަށް ނަސޭހަތްތެރިވީ އިންޑިއާގެ ޔުނިވާސިޓީއެއްގެ ގްރެޖުއޭޝަން އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.

އެ މޭރުމުން ވާހަކަދައްކަމުން އަމްބާނީ ބުނެފައިވަނީ މަސްނުވީ ސިކުނޑިއަށް އެއްކޮށް ބަރޯސާވުން ރަނގަޅުނުވާނެ ކަމަށާއި އިންސާނާ، އިންސާނާގެ ސިކުނޑިންވެސް ވިސްނާ އެ ސިކުނޑި އޭގެ ފުރިހަމަގޮތުގައި ބޭނުން ހިފަންވާނެކަމަށެވެ.

އަމްބާނީގެ ރިލަޔަންސް ކުންފުނިން އަންނަނީ އޭއައި ޓެކްނޮލޮޖީއިން އިންޑިއާ ވަރުގަދަވުމަށް ވަރުގަދަ އިންވެސްޓްމަންޓެއް ކުރުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް