ޣައްޒާއަށް ޒަރޫރީ އެހީގެ ތަކެއްޗާއެކު ތުރުކީން ފޮނުވި އެހީގެ ބޯޓު މިސްރުގައި ބަނދަރުކޮށްފި

ޢައްޒާގެ ރައްޔިތުންނަށް ޒަރޫރީ އެހީގެ ތަކެއްޗާއެކު ތުރުކީން ފޮނުވި އެހީގެ ބޮޑު ބޯޓު މިސްރުގައި ބަނދަރުކޮށްފިއެވެ. އެ ތަކެތި މިސްރު މަގުން ޣައްޒާއަށް ގެންދަން ފަށާނެއެވެ. ތުރުކީގެ ދާޚިލީ ވަޒީރު އަލީ ޔާ...

29 Jan 2025 | 16:01

ޢައްޒާގެ ރައްޔިތުންނަށް ޒަރޫރީ އެހީގެ ތަކެއްޗާއެކު ތުރުކީން ފޮނުވި އެހީގެ ބޮޑު ބޯޓު މިސްރުގައި ބަނދަރުކޮށްފިއެވެ.

އެ ތަކެތި މިސްރު މަގުން ޣައްޒާއަށް ގެންދަން ފަށާނެއެވެ.

ތުރުކީގެ ދާޚިލީ ވަޒީރު އަލީ ޔާލިކާޔާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުގައި އެހީގެ އެ ބޯޓުގައި 871 ޓަނުގެ ހިއުމެނިޓޭރިއަން އެހީއާއި 300 ޖަނަރޭޓަރާއި، ޕޯޓެބަލް 20 ފާޚާނައާއި، 10،460 ޓެންޓާއި 14،350 ބްލޭންކެޓް ހިމެނެއެވެ.

ޣައްޒާއަށް ހުއްޓުމެއްނެތި 16 ވަރަކަށް މަސް ވަންދެން އިސްރާއީލުން ދެމުންދިޔަ ހަމަލަތައް މި މަހުގެ 19ގައި ހުއްޓާލާފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް މިސްރު މަގުން ޣައްޒާއަށް 300 އަށްވުރެގިނަ އެހީގެ ލޮރީ ވެއްދުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް