ޤާނޫނާ ޚިލާފަށް ކުރާ އަމަލެއް ބަލައެއް ނުގަންނާނަން: ރައީސް މަޢުމޫން

އެއްވެސް ފަރާތަކުން ޤާނާ ޚިލާފަށް ކުރާ އަމަލެއް ބަލައިނުގަންނާނެ ކަމުގައި ކުރީގެ ރައީސް ރައީސް މަޢުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މަޢުމޫން މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯ...

29 Jan 2025 | 15:19

އެއްވެސް ފަރާތަކުން ޤާނާ ޚިލާފަށް ކުރާ އަމަލެއް ބަލައިނުގަންނާނެ ކަމުގައި ކުރީގެ ރައީސް ރައީސް މަޢުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މަޢުމޫން މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ އެ ޕޯސްޓް ރައްދުވަނީ ސީދާ ކޮން ކަމަކަށްކަން ސާފެއް ނޫނެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެކަން އެ ރައްދުވަނީ ރައީސް މަޢުމޫން އިސްވެ ހުންނަވައި އުފައްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް މިއަދު އުވާލުމުން އެކަމަށެވެ.

އިލެކްޝަންސް އިން މިއަދު ބުނެފައިވަނީ ޤާނޫނު ބުނާ އަދަދު ހަމަކުރަން އެމްއާރްއެމްއަށް ދިން ފުރުޞަތުގައިވެސް އެ އަދަދު ހަމަކޮށްފައިނުވާތީ މިއަދުން ފެށިގެން އެ ޕާޓީ އުވާލައި އެ ޕާޓީ، ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް