ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އީސީއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ މެންބަރުން ހަމަކުރަން ދިން މުއްދަތުގައި ތިން ހާސް މެންބަރު ހަމަވެފައިނުވާތީ މިއަދުން ފެށިގެން އެ ޕާޓީ އުވާލައި ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާކަމަށެވެ.
އެމްއާރްއެމް އުފެދިގެން އައީ ރައީސް ޔާމީންގެ ދައުރުގައި ޕީޕީއެމްގެ އެތެރޭގައި ދެބަސްވުންތައް އުފެދި ޕާޓީ ދެ ބައި ވެގެންދިޔުމާއި ހަމައިންނެވެ. ރައީސް މައުމޫން އިސްވެ ހުންނަވައި އެމްއާރްއެމް އުފެއްދެވި ނަމަވެސް އެ ޕާޓީގެ ލީޑަރުކަން ކުރެއްވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް