ރިޔާސީ އިންތިޚާބާއި ދިމާކޮށް ވެ ވަޑައިގެންނެވި ރިޔާސީ ވައުދުތައް ވަރަށް ރަނގަޅަށް ހަނދުމަފު އެބަހުރި ކަމަށާއި މި ހިނގާ 2025 ވަނަ އަހަރަކީ އެކަންކަމަށް އަމަލީ ސިފަ ގެނައުމަކީ ސަރުކާރުގެ ޕްލޭން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. މާރަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާރަންދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ބަނދަރާއި ރަށް ގިރުމުގެ މަސައްކަތް ކަމުގައިވިޔަސސް، އުމްރާނީ ކަންކަމާއި ކުނި މެނޭޖުކުރުމާއި، އިޖުތިމާއީ، ސިއްހީ އަދި ތައުލީމީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ހަގީގީ ކުލަ ޖައްސުވައިދެއްވައި ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ރައްޔިތުންގެ ގާތަށް އެ މަނިކުފާނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތުމަކީ އެއްވެސް ޙާލެއްގައި ބޭކާރު ވެގެންދާ ޚަރަދެއް ނޫން ކަމަށާ، ބޭކާރު ވެގެންދާ ޚަރަދަކީ ކަންކަން ނުކުރެވި ލަސްވެގެންގޮސް ލިބޭ ގެއްލުމުގެ އަގު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކަމާ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގެން، ރަށުގެ މުއައްސަސާތަކާއެކު އެއްތަނަކުން ބައްދަލުވެ، މަޝްވަރާތައް ކުރެވުމާއެކު، ކަންކަމަށް އަވަސް ޙައްލެއް ހޯއްދެވޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިޝާރާތްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް