ފުލުހުންނަށް ނާންގާން ލަމްހާ ކޯޓުތަކަށް ދާތީ ޖަލަށް ބަދަލުކޮށްދޭން ޕީޖީން އެދެފި

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ދާތީ އޭނާ ޖަލަށް ލާން ޕީޖީން އެދެފިއެވެ. ޕީޖީން ބުނީ އޭނާ ފުލުހުންނަށް ނާންގާ ދިއުމަކީ ކޯޓުގެ ޝަރުތާ ހިލާފުވ...

29 Jan 2025 | 10:52

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ދާތީ އޭނާ ޖަލަށް ލާން ޕީޖީން އެދެފިއެވެ.

ޕީޖީން ބުނީ އޭނާ ފުލުހުންނަށް ނާންގާ ދިއުމަކީ ކޯޓުގެ ޝަރުތާ ހިލާފުވުން ކަމަށެވެ. އެހެންކަމުން ޕީޖީން ވަނީ އޭނާ ޖަލަށް ބަދަލުކުރުމަށް ދައުލަތުގައި އެދިފައެވެ.ީ އެހެން ނަމަވެސް  ކްރިމިނަލް ކޯޓުން އެކަމަށް މިއަދު ދެކޮޅު ހަދައިފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ 2021 ވަނަ އަަހަރުގެ އޮކްޓޫބަރު މަހު ގައި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރާއިރު، ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާ ގޭބަންދަށް ބަދަލުކުރަން ނެރުނު އަމުރުގައި ގެއިން ބޭރަށް ދާނަމަ، ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބުނާ ޝަރުތާ އޭނާ ހިލާފުވެފައިވާ ކަމަށެވެ. އެއީ މިދިޔަ ހޯމަ ދުވަހު ހައި ކޯޓުގައި އޮތް އަޑުއެހުމަށް އަދި މިއަދު ކްރިމިނަލް ކޯޓަށް ވެސް ލަމްހާ ދިޔައީ ފުލުހުންނަށް އެންގުމެއް ނެތި ކަމަށްވާތީ ކަމަށް ބުނެ އެވެ.

އެހެންނަމަވެސް ލަމްހާގެ ވަކީލް ވިދާޅުވީ ކޯޓަށް ހާޒިރުވުމަކީ ކޯޓުގެ އެންގުމެއް ކަމަށްވާތީ އެ ހާލަތުގައި ލަމްހާ އިސްވެ ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޭބަންދުގެ އަމުރުގެ ޝަރުތަކާ ލަމްހާ ހިލާފުވެފައިނުވާ ކަމަށެވެ.

ނަމަވެސް ދައުލަތުން އެދުނީ ކޯޓަށް ހާޒިރުވާން ވެސް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. އެހެންކަމުން ގާޒީ ވަނީ އެގޮތަށް ނިންމަވާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މާވިން އަދިވެސް ހުރީ ބަންދުގައެވެ. މި މައްސަލައިގައި ލަމްހާއަށް ކުރެވޭ ތުހުމަތަކީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް