ދިއްދުއަށް ދެން ދާނީ އެއާޕޯޓު ހުޅުވަން ޖައްސާ ފްލައިޓުގައި: ރައީސް މުއިއްޒު

ހއ. ދިއްދުއަށް ދެން ވަޑައިގަންނަވާނީ ދިއްދޫ އެއާޕޯޓު ހުޅުވުމަށް ބާއްވާ އިނޯގްރަލް ފްލައިޓްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅަ...

29 Jan 2025 | 05:27

ހއ. ދިއްދުއަށް ދެން ވަޑައިގަންނަވާނީ ދިއްދޫ އެއާޕޯޓު ހުޅުވުމަށް ބާއްވާ އިނޯގްރަލް ފްލައިޓްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެ އަތޮޅު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓު ހެދުމަކީ ތަރައްގީގެ ވިސްނުމުގައި ކުރަންޖެހޭ ކަމެއް ކަމަށާއި ދިއްދޫ އެއާޕޯޓު އެޅުމަށް އަމަލީ މަސައްކަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ތަރުތީބު ކުރެވިފައިވާކަމަށެވެ.

"އެމްޓީސީސީއަށް ބައެއް މަސައްކަތް، ބޭރުގެ ފަރާތްތަކާއެކީގަވެސް ފްރޭމްވޯކް އެގްރީމަންޓެއްގަ ސޮއެ ކުރެވި ގިނަ މަސައްކަތްތަކެއް ފެށި އަމަލީ މަސައްކަތް ފެށުމާ ހަމައަށް މިދަނީ" ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަންވޭ އާއި އެއާޕޯޓުގެ އިމާރާތްތައް ފެށޭ ހިސާބުން ބާރު ސްޕީޑުގައި ގެންގޮސް އެއާޕޯޓު ނިންމަދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް