ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުންގެ މަޖިލީހުން އައްޔަނުކޮށްފިއެވެ. ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އެރުއްވީ ރ...

29 Jan 2024 | 13:42

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުންގެ މަޖިލީހުން އައްޔަނުކޮށްފިއެވެ.

ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއެވެ.

އަލުން އައްޔަންކޮށްފައިވަނީ ރުހުން ނެތް ކަމަށް މަޖިލީހުން މިއަދު ފާސްކުރި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާއި، ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދާއި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެޓާނީ ޖެނެރަލް ކަމަށް އަހުމަދު އުޝާމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ރުހުން ދިނުމަށް ނުފެންނަ ކަމަށް 44 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ހައުސިންގ މިނިސްޓަރު ކަމަށް ޑރ ހައިދަރަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައިވަނީ 24 މެމްބަރުންނެވެ. 46 މެމްބަރުންނަށް ވޯޓު ދެއްވީ ރުހުން ނުދިނުމަށެވެ. އަދި އިސްލާމިކް މިނިސްޓަރު ކަމަށް ޑރ ޝަހީމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 31 މެމްބަރުންނެވެ. .

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް