ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ޖެހޭނީ ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުންގެ ފުރާނަ ދުއްވާލާފައިކަމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ކެބިނެޓްގެ ބައެއް މެންބަރުންނަށް މިއަދު މަޖިލީހުން ރުހުން ދީފައިނުވާއިރު އެކަމާއި ގުޅޭގޮތުން ޕީޕީއެމް ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް އަޒުލު ކުރެވިދާނެތޯ ސުވާލު ކުރުމުން ސަލީމް ވިދާޅުވީ ރައީސް އަޒުލު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ އެ މެންބަރުންގެ ފުރާނަ ދުއްވާލާފައި ކަމަށެވެ.
މިއަދު ރައީސް މުއިއްޒުގެ ކެބިނެޓުގެ ތިން ވަޒީރަކަށް ރުހުން ދީފައިނުވާއިރު ރައީސް މުއިއްޒު ވަކި ކުރުމަށް ހުށަހެޅުމަށް އެމްޑީޕީން މިހާރު ވަނީ ސޮއި ހަމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް