ހައުސިންގ މިނިސްޓަރ ޑރ ހައިދަރު އަށް މަޖިލީހުގެ ރުހުމެއް ނުލިބުނު

ހައުސިންގ މިނިސްޓަރ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ޑރ އަލީ ހައިދަރު އަހުމަދު އަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގައި މިއަ...

29 Jan 2024 | 09:02

ހައުސިންގ މިނިސްޓަރ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ޑރ އަލީ ހައިދަރު އަހުމަދު އަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ހައުސިންގ މިނިސްޓަރު ކަމަށް ޑރ ހައިދަރަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައިވަނީ 24 މެމްބަރުންނެވެ. 46 މެމްބަރުންނަށް ވޯޓު ދެއްވީ ރުހުން ނުދިނުމަށެވެ.

ހައުސިންގ މިނިސްޓަރުގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަކަށްވެސް މަޖިލީހުގެ ރުހުމެއް ނުލިބުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް