އިސްލާމިކް މިނިސްޓަރ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އިސްލާމިކް މިނިސްޓަރު ކަމަށް ޑރ ޝަހީމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 31 މެމްބަރުންނެވެ. ރުހުން ދިނުމަށް ފާސްވާން ބޭނުންވާ ވޯޓުގެ އަދަދަކީ 31 އެވެ.
އިސްލާމިކް މިނިސްޓަރުގެ އިތުރުން ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދު އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަކަށްވެސް މަޖިލީހުގެ ރުހުމެއް ނުލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް