އެޓާނީ ޖެނެރަލްކަމަށް އުޝާމަށް މަޖިލީހުގެ ރުހުމެއް ނުލިބުނު

އެޓާނީ ޖެނެރަލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ އަހުމަދު އުޝާމަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ...

29 Jan 2024 | 08:49

އެޓާނީ ޖެނެރަލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ އަހުމަދު އުޝާމަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެޓާނީ ޖެނެރަލް ކަމަށް އަހުމަދު އުޝާމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ރުހުން ދިނުމަށް ނުފެންނަ ކަމަށް 44 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އުޝާމްގެ އިތުރުން، ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދު އަދި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދަކަށްވެސް މަޖިލީހުގެ ރުހުމެއް ނުލިބުނެވެ.

އުޝާމް އަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެން އެކްސްގައި އިއްޔެ އުޝާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރުހުން ނުދޭން ނިންމަނީ ޒާތީ ކަމެއްގައި ކަމަށާއި އެއީ ސަރުކާރު ބަލިކަށި ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް