ގުޅީފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.
މި މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ޕޯޓު ތަރައްގީ ކުރުމަށާޢި މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ފެށި މަޝްރޫޢެކެވެ.
ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން 65 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ދެ ބިލިއަން ރުފިޔާއަށެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 85 ހެކްޓަރު ބިން ހިއްކުމަށް އިތުރުކޮށް، ދެވަނަ ފިޔަވަހިން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް