މިއަދުވެސް ރާއްޖޭގެ ކަނޑުތައް ގަދަކަމުގައި މެޓުން ބުނެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި ރާއްޖޭގައި މުސުން މިއަދު އާންމުގޮތެއްގައި ރަނގަޅުވާނެއެވެ. ނަމަވެސް މެދުރާއްޖެއާއި އުތުރުގައި ކަނޑު ގަދަވާނެކަމަށާއި ދެކުނުގައިވެސް އާދައިގެވަރަކަށް ކަނޑު ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
އެހެންކަމުން މެދުރާއްޖެއާއި އުތުރުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް