މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑިއެފް ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އަސުރުމާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 54 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.
މ.މުލަކު ބޮއި ކައިރިން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު ހަވީރު 15:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 114"، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 114" ގައި އަނިޔާ ލިބުނު މީހާ ވަނީ މިއަދު 16:15 ހާއިރު މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް