ޖެންޑާ މިނިސްޓްރީ ހުޅުމާލެއަށް ބަދަލުކޮށްފި

ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މަރްހޫމް އުމަރު ޒާހިރުގެ ނަމަށް ނިސްބަތްކޮށް ހުޅުމާލޭގައި ސަރުކާރުން އެޅި އޮފީސް އިމާރާތަށް ޖެންޑާ މިނިސްޓްރީ ބަދަލުކޮށްފި އެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭ...

29 Jan 2023 | 14:46

ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މަރްހޫމް އުމަރު ޒާހިރުގެ ނަމަށް ނިސްބަތްކޮށް ހުޅުމާލޭގައި ސަރުކާރުން އެޅި އޮފީސް އިމާރާތަށް ޖެންޑާ މިނިސްޓްރީ ބަދަލުކޮށްފި އެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް އެންމެ ފުރަތަމަ ބަދަލުކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީއެވެ.

ޖެންޑާ މިނިސްޓްރީ ހިންގުމަށް ހާއްސަކޮށް ފައިވާ އެ އިމާރާތުގެ ދެ ވަނަ ބުރިއަށް އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ މާލޭ ސީޓްރެކްޓް ބިލްޑިންގައި ހިންގަމުން އައި ޖެންޑާ އޮފީސް ބައިގެ މުވައްޒަފުންނެވެ. ބިއްލޫރިޖެހިގޭގައި ހިންގަމުން އަންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންގެ މުވައްޒަފުން ދެ ތިން މަހެއްހާ ދުވަސް ތެރޭ ހުޅުމާލެއަށް ބަދަލު ކުރާނެ އެވެ.

މި އޮފީސް އިމާރާތުގައި  ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ ޕާކިން އަށް ހާއްސަ ކުރެވިފައިވާއިރު، ތިންވަނަ ފަންގިފިލާގައި  ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަން ހަމަޖެހިފައިވާއިރު ހަތަރުވަނަ ފަންގިފިލާގައި އެމެރިކާ އެމްބަސީ އަދި ފަސްވަނަ ފަންގިފިލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގުމަށް ހަމަޖެހިފައި ވާއިރު ހަވަނަ ފަންގިފިލާގައި މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރާގޮތުގައި ސަރުކާރު އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިންމާފައިވާ އިމާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް